Post banner
ރާއްޖެ •

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް އެއްލައްކަ މެމްބަރުން ހަމަވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް އެއްލައްކަ މެމްބަރުން ހަމަވެއްޖެ

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުންގެ އަދަދު 1 ލައްކައަށް އަރައިފިއެވެ.

މިރޭގެ 10:30 އާއި ހަމައަށް އިލެކްޝަން ކޮމިޝަންގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ވާގޮތުން، ޕީއެންސީގައި 100،083 މެމްބަރުން އެބަ ތިއްބެވެ.

ޕީއެންސީ ފިޔަވައި ދެން އެންމެ މެމްބަރުން ގިނަ ޕާޓީއަކީ، އިދިކޮޅު މައިޕާޓީ އެމްޑީޕީއެވެ. އެޕާޓީގެ ދަފްތަރުގައި ތިބީ، 53،747 މީހުންނެވެ. އެމްޑީޕީ އާއި ޕީއެންސީ ފިޔަވައި އެހެން އެއްވެސް ޕާޓީއެއްގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް 10000 މެމްބަރުންވެސް ހަމަނުވެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މެމްބަރުން ތިބި އަދަދު، 19 ނޮވެމްބަރު 2026ގެ 22:30 އާއި ހަމައަށް.
ޕީއެންސީ - 100،083 މީހުން

އެމްޑީޕީ - 53،747 މީހުން

ޖޭޕީ - 7،751 މީހުން

އެމްޑީއޭ - 5749 މީހުން

އޭޕީ - 5،530 މީހުން

އެމްއެންޕީ - 2809 މީހުން

ޕީއެންއެފް - 2536 މީހުން

ޕީއެންސީއަށް 1 ލައްކަ މެމްބަރުން ހަމަވި އިރު، އަދާލަތު ޕާޓީ ޕީއެންސީ އާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން އަދާލަތު ޕާޓީގެ ދަފްތަރުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަކިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް