އިންޑިގޯގެ މަތިންދާ ބޯޓެއް ހޮޅި ދަނޑިއެއްގައި ޖެހި ގެއްލުންވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންޑިގޯ ފްލައިޓް ހޮޅިދަނޑީގައި ޖެހިފައި --
އިންޑިއާގެ މުމްބާއީން ސްރީނަގަރަށް ދަތުރުކުރި މަތިންދާ ބޯޓެއް، ސްރީނަގަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ހޮޅިދަނޑިއެއްގައި ޖެހި އެބޯޓަށް ގެއްލުންތައް ލިބިއްޖެއެވެ.
އިންޑިގޯގެ އެއާބަސް އޭ-321 މަރުކާގެ މަތިންދާ ބޯޓު، ހޮޅިދަނޑީގައި ޖެހުނީ، ސްރީ ނަގަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށްފަހު، ބޯޓު ޕާކުކުރަން އުޅުމުގެ ތެރޭގައެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށްވެސް އަދި ފަޅުވެރިއަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ބޯޓު ޕާކިން އޭރިއާގައި ހުރި ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން، ބޯޓުގެ ކުރީކޮޅު ވަނީ ހަލާކުވެފައެވެ.
އިންޑިއާގެ އިންޑިގޯ އެއާލައިނަކީ، ރާއްޖެއަށްވެސް ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ އެއާލައިނެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް