Post banner
ރާއްޖެ

ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލް ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ---

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށް ހުށައަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިބިލަށް ވޯޓަށް އަހާފައި ވަނީ ހެނދުނު 11 ޖެހިއިރުގައެވެ.

ބިލަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ ތެރެއިން، 72 މެމްބަރުން ވޯޓު ދެއްވާފައި ވަނީ ބިލް ފާސްކުރަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. މިބިލަށް ވޯޓަށް އަހާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 4 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމަށްފަހުގައި، މަޖިލީހުގެ ޖަލްސާ އަލުން ފަށައި ކުރިޔަށް ގެންގޮސްގެނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މި ވޯޓުގައި ބައިވެރިނުވުމަށް ނިންމައި ވޯޓު ބޮއިކޮޓްކޮށްފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޤާނޫނު އަސާސީއަށް އެބަދަލު ގެނައުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އެކުގައި ބޭއްވުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް