Post banner
ރާއްޖެ

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހާއި ދެކޮޅަށް މަޖިލީހަށް ހުށައެޅި ޕެޓިޝަންގެ ބާރު ކަނޑުވާލަން މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހާއި ދެކޮޅަށް މަޖިލީހަށް ހުށައެޅި ޕެޓިޝަންގެ ބާރު ކަނޑުވާލަން މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަނީ

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އިދާރާ --

ކައުންސިލްތަކުގެ އިޙްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުމަށް، ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ޕެޓިޝަނުގެ ބާރު ކަނޑުވާލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަން ސަރުކާރު ހިންގާ ޕާޓީ. ޕީއެންސީ ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނައުމަށް ހުށައަޅާފައި ވަނީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އޭނާ ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާ ގެ (ނ) ގައިވާ ގޮތުގެމަތިނ،ް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާ ގެ (ޅ) އުނިކުރުމަށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް، މިއަދުވަނީ، އާއްމުކޮމިޓީއަށް ފޮނުވާފައެވެ.

މަމްދޫހު އުނިކުރުމަށް ހުށައަޅުއްވާފައި ވަނީ، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައިވާ މާއްދާ އުނިކުރުމަށެވެ. ސަރުކާރު ހިންގާ ޕާޓީން އެމާއްދާ އުނިކުރަން ބޭނުންވެގެން މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަނީ، މިދުއަމް ހުށައެޅި ޕެޓިޝަން މަޖިލީހުގައި ތަޅުމުގައި ބަަހުސްކުރަން ޖެހޭ މިންވަރަށް ސޮއި ހަމަވެފައި ވަނިކޮށް، ޕީއެންސީން އެޕެޓިޝަންގެ ބާރު ކަނޑުވާލުމަށްޓަކައި ސ. މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާތިރު ހުށައެޅި ޕެޓިޝަންގައި މަޖިލީހުގެ ތަޅުމުގައި ސޮއިކުރުމަށް ބޭނުންވާ އަދަދު ހަމަވުމުގެ ކުރިން، ޕެޓިޝަން ކޮމިޓީއަށް ފޮނުވި ސޮއިކުރުން ބަންދުވުމާއި ގުޅިގެންނެވެ.

މިދުޢަމް ސައުދު ހުށަހެޅި ޕެޓިޝަންގައި މިހާރު 2300 އަށް ވުރެ ގިނަ މީހުންވަނީ ސޮއިކޮށްފައެވެ. މިދުއަމް ހުށައެޅި އެ ޕެޓިޝަން މަޖިލީހަށް އެޖެންޑާނުކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މަމްދޫހު މަޖިލީހުގެ ޤަވާއިދަށް ގެންނަން ހުށައެޅި އިސްލާޙް އެޖެންޑާކޮށް އާއްމުކޮމިޓީއަށް ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް