Post banner
ރާއްޖެ •

ރައްޔިތުން ޝަކުވާތައް ހިފައިގެން ދާނެ ދެ ތަނެއް ހަމަަޖައްސައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައްޔިތުން ޝަކުވާތައް ހިފައިގެން ދާނެ ދެ ތަނެއް ހަމަަޖައްސައިފި

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ލައުންޖެއް --- ފޮޓޯ: ރައީސް އޮފީސް

ހާޟިރުވެ، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ފަސޭހައިން ޒިޔާރަތްކުރެވޭގޮތަށް ހުޅުވި ސީ.ސީ.ބީ ގެ މާލެ ލައުންޖް ހުންނާނީ ހުޅުމާލެ ފެރީ ޓާރމިނަލްގައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގ ގެ ތިރީ ފަންގިފިލާގައެވެ. މި ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ލިބޭނެ ކަމަށާއި، އަދި ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީ.ސީ.ބީގެ ލައުންޖެއް ހުޅުވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާުޅުވެފައި ވެއެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާޙްކޮށްފައި ވާއިރު، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. މިކޯލް ސެންޓަރުގެ ނަމްބަރަކީ، 1470 އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް