Post banner
ރާއްޖެ •

ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ ޢިލްމުވެރިންގެ ގުޅުމުގެ ދިރާސާ ނުނިމޭ ކަމަށް ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ ޢިލްމުވެރިންގެ ގުޅުމުގެ ދިރާސާ ނުނިމޭ ކަމަށް ބުނެފި

ޢިލްމުވެރިންގެ ގުޅުމުގެ މެމްބަރުން --

ރަސްމާލޭގެ 500 ހެކްޓަރު ބޭރު ބަޔަކަށް ދިގު މުއްދަތަކަށް ދީގެން ބިދޭސީންނަށް ރަށްވެހި ވެވޭނޭހެން ކުރެވެމުންދާ މަސައްކަތާ ގުޅިގެން، ޢިލްމުވެރިންގެ ގުޅުމުން ކުރަމުންދާ ދިރާސާ އަދި ނުނިމޭކަމުގައި ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

ޢިލްމުވެރިންގެ ގުޅުން ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ރަސްމާލޭގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ދިރާސާ ރިޕޯޓެއް އެކުލަވާލަމުންދާ ކަމަށެވެ. މިގޮތުން، ދައުލަތުގެ ކަމާބެހޭ އިސް ފަރާތްތަކުން މައުލޫމާތު ހޯދައިގެން އެކުލަވާލަމުންދާ އެ ރިޕޯޓުގެ ޑްރާފްޓް، މިހާރު ވަނީ ރިސާޗް ކޮމިޓީއަށާއި، ޝޫރާ މަޖިލީހަށާއި، 160 އަށްވުރެ ގިނަ މެންބަރުންގެ ޚިޔާލަށް ހުށަހަޅާފައި ކަމުގައިވެސް ޢިލްމުވެރިންގެ ގުޅުމުން ބުނެފައި ވެއެވެ.

ޢިލްމުވެރިންގެ ގުޅުމުން ބުނީ. އެރިޕޯޓަކީ މުޅިން ނިމިފައިވާ ރިޕޯޓެއް ކަމަކަށް ނުވާތީ، މިހާރު އޮތް ޑްރާފްޓަކީ ފައިނަލް ރިޕޯޓު ކަމަށް ދޭހަވާ ގޮތަށް މަޢުލޫމާތު ފެތުރުމާއި ދުރުހެލިވުމަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިލްތިމާސްކުރަމެވެ.

މިހާރު އޮތް ޑްރާފްޓް ރިޕޯޓުގައި، ބުނެފައި ވަނީ، ރަސްމާލެ ޕްރޮޖެކްޓް މިހާރު އޮތް ގޮތަށް ކުރިޔަށް ނުގެންގޮސް ހުއްޓާލުމަކީ، ސަރުކާރުގެ މައްޗަށް ވާޖިބުވާނޭ ކަމެއް ކަމަށެވެ.

އިލްމުވެރިންގެ ގުޅުމުން ރިޕޯޓް ނުނިމޭކަމަށް ބުނެފައި މިވަނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ އެނުކުތާގެ މައްޗަށް ބައެއް ނޫސްތަކުން ޚަބަރުތައް ގެނެސްދޭން ފެށުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް