Post banner
ރަށްރަށުން •

ތިން ޖީލުގެ މީހުގެ ހިނގާލުން ހަނިމާދޫގައި ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތިން ޖީލުގެ މީހުގެ ހިނގާލުން ހަނިމާދޫގައި ބާއްވައިފި

ހަނިމާދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: މުޙައްމަދު މުޢާޒް - ރަށު ރިޕޯޓަރ

ޕެންޗަން އޮފީހުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، ތިން ޖީލުގެ މީހުންގެ ހިނގާލުން، ހޮނިހިރު ދުވަހު، ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.

ހަނިމާދޫގައި ބޭއްވި މިހިނގާލުމުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ކުރީގެ ފަސްޓްލޭޑީ އިލްޙާމް ޙުސައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕެންޝަން އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިހިނގާލުމަކީ، ކުޑަކުދިންނާއި ބޮޑެތިމީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ޚާއްޞަކޮށްގެން ބާއްވާ ހިނގާލުމެކެވެ. އަދި މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ރަނގަޅު މާލީ އާދަތަކަށް ބާރުއެޅުމުގެ ގޮތުން އަހަރަކު އެއްފަހަރު އެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެއް ކަމުގައި އެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

Uploaded image

މި ހިނގާލުމަށްފަހު، ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށްވެސް ބައިވެރިވެވޭގޮތަށް އާއިލީ ހަވީރެއްވެސް ވަނީ ބާއްވާފައެވެ.

ޚަބަރު: މުޙައްމަދު މުޢާޒް - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް