މަސްތުވާތަކެއްޗާއި ރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
މަސްތުވާތަކެތީގެ މައްސަލައިގައި ރަސްދޫއިން ހައްޔަރުކުރި މީހުން --- ފޮޓޯ: ޕޮލިސް
މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫއިން ބިދޭސީ އަކާއި، ދިވެހި 8 މީހުން ހައްޔަުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ދިވެހި އަންހެނަކުވެސް ހިމެނެއެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް ރަސްދޫގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެެރެއިންނެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް (37އ) އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު (44އ) އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް (44އ) އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ (23އ) އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު (29އ) ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން (27އ) ކަމަށެވެ.
.މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށާއި، މި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ،
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ އެންމެންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް