ދުނިޔެ

އެމެރިކާގެ 3 ފައިޓާޖެޓު ކުވައިތުގެ ވައިގެ ސަރަހައްދުން ވައްޓާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމެރިކާގެ 3 ފައިޓާޖެޓު ކުވައިތުގެ ވައިގެ ސަރަހައްދުން ވައްޓާލައިފި

އެފް-15އީ، ސްޓްރައިކް އީގަލް ---

ކުވައިތުގައި ހުރި އެމެރިކާގެ އެއަރޑިފެންސް ސިސްޓަމުން އޮޅިގެން ދިން ހަމަލާއެއްގައި ކުވައިތުގެ ވައިގެ ސަރަހައްދުގެ ތެރެއިން އެމެރިކާގެ 3 ފައިޓާ ޖެޓު ވައްޓާލައިފިއެވެ.

ކުވައިތުގައި ހުރި އެމެރިކާގެ އެއަރޑިފެންސް ސިސްޓަމް އޮޕަރޭޓް ކުރަނީ ކުވައިތުގެ އަސްކަރިއްޔާއިންނެވެ.

މިއީ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ ސިފައިންނަށް އޮޅިގެން އެމެރިކާގެ ބޯޓުތަކެއް ވައްޓައިލި ފުރަތަމަ ފަހަރެވެ. މިކަން ކުވައިތާއި އެމެރިކާއިން ފާހަގަކޮށްފައި ވަނީ އެކްސިޑެންޓެއްގެ ގޮތުގައެވެ.

އެއަރޑިފެންސް ސިސްޓަމުން ދިން ހަމަލާތައް އަރައި ވެއްޓިފައި ވަނީ، އެފް-15އީ، ސްޓްރައިކް އީގަލްގެ ނަންދީފައިވާ މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކެކެވެ. މިއިން ކޮންމެ ބޯޓެއްގެ އަގަކީ 120 މިލިޔަން އެމެރިކާ ޑޮލަރެވެ.

ބޯޓުތައް ވެއްޓުނުނަމަވެސް ބޯޓުގައި ތިބި 3 ޕައިލެޓުންވެސް ވަނީ ސަލާމަތް ވެފައެވެ. މިގޮތުން ސަލާމަތްވި ޕައިލެޓަކަށް ބިންމަތިން އާއްމު މީހަކު ދަނޑިބުރިއަކުން ހަމަލާދޭން އުޅޭތީ ސިފައިންގެ މީހާ އަމާންދީ އަތްނަގައިގެން ހުންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި ބޯޓުތައް ވެއްޓުނު މަންޒަރުގެ ވީޑިއޯތައްވެސް އަންނަނީ ދައުރުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް