ރާއްޖެ
•
ރާއްޖެއާ ގާތުން އިންޑިއާ ކަނޑަށް ބިންހެލުމެއް އަތުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖެއާ ކައިރިން އިންޑިއާ ކަނޑަށް މިރޭ ބިންހެލުމެއް އަތުވެއްޖެއެވެ.
މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ރިކްޓަރ މިންގަނޑުން 5.4 ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ، ރާއްޖޭގަޑިން މިރޭ 18:01 ހާއިރުގައެވެ.
ބިންހެލުމުގެ މަރުކަޒު ހުރީ، ޗާގޯސް ރީޖަންގައި އައްޑޫ ސިޓީގެ ހުޅަނގު ދެކުނުން 933 ކިލޯމީޓަރު ދުރުން އިންޑިއާ ކަނޑުގައެވެ. މިބިން ހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމުގައި މެޓްއޮފީހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް