Post banner
ދުނިޔެ

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ގެއްލިފައިވާ މީހުންގެ އަދަދު 68000އަށް އަރައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ގެއްލިފައިވާ މީހުންގެ އަދަދު 68000އަށް އަރައިފި

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ ---

ވިދިވިދިގެން އައި ބާރުގަދަ ދެ ބިންހެލުމާއި އެކު ވެނެޒުޭލާއިން ގެއްލުނު މީހުންގެ އަދަދު 68000އަށް މަތިވެފައިވާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވެނެޒުއޭލާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުމާއި ގުޅިގެން 1400އަށް ވުރެ ގިނަ މީހުން މަރުވިކަން ވަނީ ކަށަވަރުވެފައެވެ. އަދި 3200އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ. އަދި ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 68000 ވުރެ ވަނީ މަތިވެފައެވެ.

ހުކުރު ދުވަހު، ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި، ވެރިރަށް ކަރަކަސްގެ ގިނަ އިމާރާތްތަކެއް ވަނީ މުޅިން ބިމާހަމަވެފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިއްބައި ބައެއް މީހުން ސަލާމަތް ކުރެވުނު އިރު، އަދިވެސް އެތައް ހާސް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ވެއްޓުނު ބޮޑެތި އުސް އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގައިވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފާނެ ކަމަށް، ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ އިން ލަފާކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް