ބެންކޮކުގައި ދިވެހިން އުޅޭ ސަރަހައްދެއްގައި ބަހަކާއި ރޭލެއް އެކްސިޑެންޓްވެ 8 މީހުން މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބެންކޮކުގައި މިއަދު ހިނގި އެކްސިޑެންޓްގައި ބަހުގައި ރޯވެފައި --- ފޮޓޯ: ކިޔުންތެރިއެއް
ދިވެހިން އާއްމުކޮށް ގޮސްއުޅޭ ބެންކޮކްގެ ސަރަހައްދެއްގައި، ބަހަކާއި ރޭލެއް އެކްސިޑެންޓްވެ މަދުވެގެން 8 މީހުން މަރުވެއްޖެއެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދަކީ، ދިވެހިން ގޮސްއުޅޭ، އަދި އާއްމުކޮށް ދިވެހިންވެސް ދަތުރުކުރާ މަގެކެވެ. މިހާދިސާގައި ހިނގީ އަސޯކް ރޯޑުގައި މައްކަސަން އެއާޕޯޓް ރޭލު ދަގަނޑުމަތީގައެވެ.
ބެންކޮކުގައި ހުރި އަދި އެމަންޒަރު ފެނުނު ދިވެެއްސަކު މައުލޫމާތު ދިން ގޮތުގައި، މިއަދު މެންދުރު ހިނގި މިހާދިސާގައި، ރޭލާއި ބަސް ޖެހި އެކްސިޑެންޓްވުމާއި އެކު ވަގުތުން ބަހުގައި ރޯވިއެވެ. އެކްސިޑެންޓްވި ރޭލަކީ، މުދާ އުފުލާ ކޮންޓެއިނާ ރޭލެކެވެ. ބަހާއި ރޭލު އެކްސިޑެންޓްވި ވަގުތު ބުރައިގެން ދިޔަ ދަގަނޑުގެ ބައިތަކާއި އެނޫންވެސް އެއްޗެހިން ޖެހި އެސަރަހައްދުން ސައިކަލުތަކުގައި ދަތުރުކުރި މީހުންނަށާއި އެހެން ބައެއް މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ.

ފަސިންޖަރުން އުފުލާ ބަހެއް އެކްސިޑެންޓްވި އިރު، އެބަހުގައި ތިބީ ކިތައް މީހުން ކަމެއް އަދި މަރުވީ ކޮންޤައުމުތަކަކަށް ނިސްބަތްވާ މީހުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް