އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރި ސަބަބު ސާފުކޮށްދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، އެ މަޤާމަށް ޢައްޔަނު ކުރެވުނު ބޭފުޅުންނަކީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރާއި، އަލްފާޟިލް ޠާރިޤު އިބްރާހީމް އަދި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ކަމަށެވެ. އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ޢައްޔަނު ކުރެވެނީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ކަމަށާއި، އެއީ އަލަށް އުފައްދަވާފައިވާ މަޤާމުތަކެއް ނޫންކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ.
އެހެންވެ މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ، ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި އެވާހަކަ ޙިއްޞާކުރެއްވީ ކަމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް