Post banner
ރާއްޖެ •

ރައީސް ނޫމަރާގައި ބިންގާ އަޅުއްވައި ދެއްވި މިސްކިތުގެ މަސައްކަތް ނުފެށި އަހަރެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ނޫމަރާގައި ބިންގާ އަޅުއްވައި ދެއްވި މިސްކިތުގެ މަސައްކަތް ނުފެށި އަހަރެއް

މިސްކިތުގެ ބިންގާ އެޅި ސަރަހައްދު ވާވެފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

ބިންގާ އެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް، ށ. ނޫމަރާ މިސްކިތުގެ މަސައްކަތް ނުފެށޭތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ށ. ނޫމަރާގައި އައު މިސްކިތެއް އަޅައި ދިނުމަކީ، މިސަރުކާރުން ވައުދުވެފައިވާ ކަމެކެވެ. ނޫމަރާގައި މިސަރުކާރުން އަޅައިދޭން ނިންމި މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައި ދެއްވީ، އެމަނިކުފާނު ނޫމަރާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 13 އޮކްޓޫބަރު 2025 ގައެވެ.

އެމަޝްރޫޢުގެ ބިންގާ އެޅުން ފިޔަވައި އެއްވެސް މަސައްކަތެއް މިހާތަނަަށް ކުރިޔަށް ގޮސްފައެއް ނުވެއެވެ. މިސްކިތް އެޅުމަށް ބިން ސާފުކުރި ސަރަހައްދުވެސް މިހާރު ވަނީ ވިނަފަޅައި ވާވެފައެވެ.

އެމިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ، މިހާރު އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަނާއެވެ. އެމިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިސްކިތުގެ މަޝްރޫޢުގެ އިތުރުން 13 އޮކްޓޫބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ނޫމަރާގައި ފައްޓަަވައި ދެއްވި އެހެން މަޝްރޫޢުތަކުގެ މަސައްކަތެއްވެސް ކުރިޔަކަށް ނުދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް