ތިން އަހަރުގެ ކާމިޔާބީތައް ހިމަނައިގެން ފޮޓޯ ފޮތެއް ނެރެފި
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
މިސަރުކާރުން މިފާއިތުވި 3 އަހަރުގެ ތެރޭގައި ކޮށްފައިވާ ކަންކަން ހިމަނައިގެން، 156 ހަފްތާގެ ނަމުގައި 467 ޞަފްޙާގެ ފޮތެއް ނެރެފިއެވެ.
މިފޮތް ނެރެދެއްވީ، މިސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ސަރުކާރުން ބޭއްވި ޖަލްސާގައެވެ.
މިފޮތް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ފޮތް އިފްތިތާޙްކޮށް ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ފޮތުގެ ބޭނުމަކީ، މިދިޔަ ތިން އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އާންމުންނަށް ފަސޭހައިން ބަލައިލެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށެވެ.
މިފޮތް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް