Post banner
ރާއްޖެ •

ކުރީގެ މިނިސްޓަރ އަސްލަމްގެ ތާއީދު ފައިސަލާއި އާޒިމަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރީގެ މިނިސްޓަރ އަސްލަމްގެ ތާއީދު ފައިސަލާއި އާޒިމަށް!

ކުރީގެ މިނިސްޓަރ އަސްލަމް ---

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ފައިސަލް ނަސީމާއި އާދަމް އާޒިމަށް ތާޢީދުކުރައްވާނެކަން، އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.

އަސްލަމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، މުޅި ރާއްޖޭގައި ޤާއިމްކުރެވިފައިވާ އިންފްރާސްޓްރަކްޗަރގެ ފައިދާހުރި ބޭނުން ހިފައިގެން، އެމްޑީޕީގެ އިޤްތިޞާދީ ލާމަރުކަޒީ ތަޞައްވުރު ފުރިހަމަކޮށް، ޤައުމުގެ އިޤްތިޞާދު އަލުން ހަމަމަގަށް ގެންދެވޭނެ ދެބޭފުޅުންނަކީ ފައިސަލާއި އާޒިމް ކަމަށެވެ.

އަސްލަމަކީ، އެމްޑީޕީ ސަރުކާރުގައި ރާއްޖޭގައި ހިންގުނު ތަރައްޤީގެ މަޝްރޫޢުތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި މިނިސްޓަރެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ރަނިންމޭޓަކަށް އާދަމް ޢާޒިމް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވުމާއި އެކު، އެމަނިކުފާނަށް ތާޢީދު ކުރާ ފަރާތްތަކުން އަންނަނީ އެދެބޭފުޅުންނަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް