Post banner
ރާއްޖެ

އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ

އެކްސިޑެންޓް ހިނގި ސަރަހައްދު -- ފޮޓޯ: ވޮއިސް

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 9 އަހަރުގެ ކުޑަ އަންހެންކުއްޖާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި ނިޔާވީ، ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އައި އުމުރުން، 9 އަހަރުގެ ޒީވާ ޝިނާން އަޙްމަދެވެ،

މިއަދުގެ މެންދުރު ނަމާދަށް ފަހު ޖަނާޒާ ބާއްވައި އެކުއްޖާގެ ހަށިގަނޑު ވަނީ ހުޅުމާލެ ސަހަރާގައި ވަޅުލާފައެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ސައިކަލުން ޖެހި އޭގައި އިން ކުޑަކުއްޖާ އާއި އޭނާގެ މަންމަ މަގުމައްޗަށް ވެއްޓުމުންނެވެ.

އެ އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ހޮނިހިރު ދުވަހުގެ ރޭގެ 21:04 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓާއި ގުޅިގެން ދެ ކާރެއްވެސް ފުލުހުން ވަނީ ޓޯވ ކޮށްފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ އެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް