ރާއްޖެ

އީރާނުގެ ރޫޙީ ލީޑަރު ޝަހީދުކޮށްލުމުން ދިވެހި ސަރުކާރު ހަނު އޮތުމުން ފާޑުކިޔަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އީރާނުގެ ރޫޙީ ލީޑަރު ޝަހީދުކޮށްލުމުން ދިވެހި ސަރުކާރު ހަނު އޮތުމުން ފާޑުކިޔަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ، އިޒްރޭލާއި އެމެރިކާ ގުޅިގެން ތެހެރާނަށް ދިން ވައިގެ ހަމަލާތަކުގައި ޝަހީދުކޮށްލިތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވެގެން ދިޔައިރުވެސް، ހައްދުފަހަނައެޅި އެ ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ކުއްވެރިނުކޮށް އަދި ތަޢުޒިޔާވެސް ނުކިޔައި އޮތުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މީގެ އިތުރުން މިހާރު ފެށިފައިވާ ހަނގުރާމަ މިހާރުގެ ސަރުކާރުން ސިފަކޮށްފައި ވަނީ ހަމަނުޖެހުންތަކެއްގެ ގޮތުގައި ކަމަށްވާތީ، ކުރީގެ ރައީސް މައުމޫނުވެސް ވަނީ އެކަމާއި މެދު ފާޑު ވިދާޅުވެފައެވެ.

އީރާނަކީ ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމެކެވެ. މީގެ ކުރިންވެސް އީރާނުގެ ވެރިން އަވަހާރަވުމުގެ ހާދިސާތަކާއި ގުޅިގެން ދިވެހިރާއްޖެއިން ތަޢުޒިޔާ ކިޔައި ހިތާމައިގައި ބައިވެރިވެފައި ވެއެވެ. އަދި ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.

އީރާނާއި އެންމެ ޢަދާވާތްތެރި ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ ހިމެނޭއިރު، ދިވެހިރާއްޖެއިން ދަނީ ސަޢޫދީ އަރަބިއްޔާ އާއި އެކު ގާތްގުޅުންތަކެއް ބާއްވަމުންނެވެ. ގިނަ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ދިވެހިރާއްޖެއިން އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ޚާމަނާއީ ޝަހީދުކޮށްލުން ކުއްވެރިކޮށްފައި ނުވަނީ، އަދި ތަޢުޒިޔާ ކިޔާފައި ނުވަނީ، ސަޢޫދީޢަރަބިއްޔާއިން ރާއްޖެއާއެކު ބާއްވާ ގުޅުމަށް ބުރޫއަރައިފާނެ ކަމުގެ ބިރަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް