classified
ރާއްޖެ

ބިންހެލުން އަންނާނެ ދުވަހާއި ގަޑި ދުރާލައި އެނގޭނެ ގޮތެއް ނޯވޭ: މެޓް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބިންހެލުން އަންނާނެ ދުވަހާއި ގަޑި ދުރާލައި އެނގޭނެ ގޮތެއް ނޯވޭ: މެޓް

ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިން ހެލުމުގައި އިމާރާތްތައް ބިމާ ހަމަވެފައި --- ފޮޓޯ: ގްލޯބަލް ޑިޒާސްޓަރ ނިއުސް

ބިން ހެލުންތައް އަންނާނެ ވަގުތާއި ގަޑިއަކީ، ސައިންޓިފިކްގޮތުންވެސް ދުރާލައި އެނގޭނެ ކަމެއް ނޫންކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

އެސަރވިސްއިން މިހެން ވިދާޅުވެފައި މިވަނީ، ރާއްޖެ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް އަންނަން އުޅޭ ކަމަށް ބުނެ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަތައް ފަތުރައި، އާއްމުންގެ ހިތްތަކުގެ އެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މެޓް އޮފީހުން ފާހަގަކުރައްވާފައިވާ ގޮތުގައި، ބިންހެލުމެއް އަންނާނެ ދުވަހަކާއި ގަޑިއަކީ ސައިންޓިފިކް ހޯދުންތަކުގެ އަލީގައިވެސް އެނގޭނެ މައުލޫމާތެއް ނޫނެވެ. އެހެން ނަމަވެސް ބިންހެލުންތަކާއި ގުޅޭގޮތުން އެއްކޮށްފައިވާ ދިގުމުއްދަތުގެ ޑާޓާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބިންހެލުމެއައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ލަފާކުރެވި ހާމަކުރެވޭ ކަމުގައި މެޓުން ފާހަގަކޮށްފައި ވެއެވެ. އެހެން ނަމަވެސް ވަކި ސަރަހައްދަކަށް ވަކިގަޑިއެއްގައި ބިންހެލުން އަންންނާނެކަން އެނގޭ އެއްވެސް ސައިޓިފިކް ގޮތެއް ނެތްކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ދުނިޔެއަށް އަންނަ ބިންހެލުމުގެ މައުލޫމާތު އެސަރވިސްއިން ބަލައި އަބަދުވެސް މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. މިގޮތުން ރާއްޖެއަށް އަސަރެއްކޮށްފާނެފަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ، މެޓު އޮފީހުން ލަސްނުކޮށް އެމައުލޫމާތެއް އާއްމުންނަށް ހިއްސާކުރާނެކަމަށެވެ.

2004 ވަނަ އަހަރު އިންޑޮނީޝިއާއަށް އައި ބާރުގަދަ ބިންހެލުމަށްފަހު، ރާއްޖެއަށް ސުނާމީ އެރި ހާދިސާ އާއި ގުޅިގެން ދުރާލައި އިންޒާރުދޭ ނިޒާމްތައް ޤާއިމްކުރުމަށް ރާއްޖެއިންވެސް މަސައްކަތްތައް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް