ރައީސް ޑރ. މުއިއްޒުގެ 3 ވަނަ ރިޔާސީ ބަޔާން އިއްވެވުން މާދަމާ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށައަޅުއްވައި ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމުގެ ގޮތުން ބާއްވާ ޖަލްސާ މާދަމާ އޮންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށައަޅުއްވައި ދެއްވުން އެކަންޏެވެ. ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށައެޅުއްވުމަކީ، ޤާނޫނު އަސާސީގެ 84ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ ކަމެކެވެ. ރިޔާސީ ބަޔާނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، ފާއިތުވި އަހަރު ކުރެވުުނު ކަންކަމާއި އަދި ހިނގަމުންމިދާ އަހަރުގެ ތެރޭގައި ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަމާއި ގުޅޭ ގޮތުންނެވެ.
2024 ވަނަ އަހަރާއި 2025 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވިދާޅުވި ގޮތަށް ކުރިޔަށް ގެންދެވިފައި ނުވާކަން، އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް