އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ތަރައްޤީކުރަން ޔޫއޭއީގެ ކުންފުންޏަކާއި އެކު ސޮއިކޮށްފި
ލިޔުންތެރިޔާ
ސަރޙް ގްރޫޕްގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓާއިއެކު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު އާއި ގުޅޭ މުހިއްމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ހާމަކުރައްވައިފިއެވެ.
އެއެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެމިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން އެސަރަހައްދުގައި ޓޫރިޒަމަށް ތަރައްޤީކުރުންވެސް ހިމެނޭ ކަމަށެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު އާއި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި ސަރޙް ގްރޫޕްގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ސީއީއޯ އަހުމަދު އިބްރާހިމްކަމުގައި އިކޮނޮމިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.
މިމަޝްރޫޢު ހަވާލުކުރެވުނު ސަރޙް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެއްކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އިހަވަންދިއްޕޮޅުގައި ބަނދަރާއި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޔޫއޭއީގެ ކުންފުންޏަކަށް ހަވާލުކުރި އިރު، ޔޫއޭއީގެ ވިޔަފާރިވެރިއަކަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދޫކޮށްލާ މައްސަލައިގައި ވަނީ ކަންބޮޑުވުންތައް އުފެދިގައެވެ.
އަދި އިހަވަންދިއްޕޮޅު މަޝްރޫއު، ސަރޙް ގްރޫޕްގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓާއި އެކު މިއަދު އެއްބަސްވުމުގައި ސޮއިކުރިއިރު، މީގެ ކުރިން އެމަޝްރޫޢު ހިންގުމަށް 2024 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކާއިއެކުވެސް ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް