ސަރުކާރަށް ތިން އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ
ލިޔުންތެރިޔާ
ސަރުކާރުގެ ފުރަތަމަ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މިސަރުކާރަށް 3 އަހަރު ފުރުން ކުލަ ގަދަ ގޮތެއްގައި ފާހަގަކުރުމަށް، ޚާއްޞަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މިޖަލްސާ އާއި ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ސރުކާރުހިންގާ ޕާާޓީ ޕީއެންސީގެ އިސް މެމްބަރަކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމާއި ސަރުކާރުގެ ކާމިޔާބީތައް ފާހަގަކުރުމަށް، މާދަމާރޭ ބޮދު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިޖަލްސާ އޮންނަނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށްވެސް އެނގިފައިވެއެވެ.
ސަރުކާރަށް އަހަރު ފުރުން ފާއިތުވި 2 އަހަރުވެސް ކުލަގަދަކޮށް ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިމުނު ހަފްތާގައި ރާއްޖެއިން ބޭރުގައި ހުންނެވުމާއި، އެކު މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާވެސް އަދި ބާއްވާފައެއް ނުވެއެވެ. މައުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން މިހާރު ނިންމާފައި ވަނީ މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ. އެހެން ނަމަވެސް ޖުމުހޫރީ ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅޭ ގޮތުންވެސް ސަރުކާރުން ރަސްމީ ސިފައެއްގައި މިހާތަނަށް އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް