Post banner
ރާއްޖެ •

ގެދޮރު އަޅަން ކޮންމެ މީހަކަށްވެސް ސަރުކާރުން ދެ ލައްކަ ރުފިޔާ ހިލޭ ދޭން ގަސްތުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެދޮރު އަޅަން ކޮންމެ މީހަކަށްވެސް ސަރުކާރުން ދެ ލައްކަ ރުފިޔާ ހިލޭ ދޭން ގަސްތުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން ---

ގެދޮރުއެޅުމަށް ބޭނުންވާ ލޯނު ނެގުމަށް ކޮންމެ މީހަކަށްވެސް 2 ލައްކަ ރުފިޔާގެ އިކުއިޓީއެއް ހިލޭ ލިބޭ ސްކީމެއް ތަޢާރަފް ކުރެއްވުމަށް ގަސްތުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފައްދާ، "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އާއްމު ފަރާތަކުން ފާޅުކުރެއްވި ކަންބޮޑުވުމަށް ޖަވާބު ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެދޮރު އެޅުމަށް ލޯނު ލިބޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމަކީ ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ. މިގޮތުން، އެކަމަށް ޚާއްޞަ ސްކީމެއް ތަޢާރަފް ކުރެއްވުމަށް ގަސްތުކުރައްވައި އެމަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެސްކީމް ތަޢާރަފް ކުރެއްވޭނެ ދުވަހެއް ރައީސުލްޖުމްހޫރިއްޔާ މިރޭ ވިދާޅެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ދެނީ އިކުއިޓީ ކޮންޕޯނަންޓަށް ހިލޭ ދޭ ފައިސާ ކަމަށާއި، ކޮންމެ މީހަކަށް ދެލައްކަ ރުފިޔާވަރު ލިބޭނެ ކަމަށެވެ. އަދި އެއް އާއިލާއެއްގައި ފަސް މީހުން ތިބެއްޖެނަމަ، އިކުއިޓީގެ ގޮތުގައި އެންމެނަށް އެއްކޮށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާވެސް ލިބިދާނެ ކަމަށާއި، އެއީ އަނބުރާ ދައްކަން ޖެހޭނެ ފައިސާއެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެ ހަދަން މިއެހީ ދޫކުރާނީ، ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސްކީމަކުން ބޯހިޔާވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް ކަމަށެވެ. އަދި ޚާއްޞަކޮށް މާލެ ސަރަހައްދުގައި ގެދޮރު ނުހެދިފައިވާ ފަރާތްތަކަށް، މިސްކީމް ޚާއްޞަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި އަމިއްލަ ބިމުގައި ގެދޮރުއެޅުމަށް، ލޯނު ދޫކުރުމުގެ ސްކީމްތަކެއް މިސަރުކާރުން މީގެ ކުރިންވެސް އިއުލާނުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް