ރާއްޖެ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަން މަޤާމުން ވަކިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަން މަޤާމުން ވަކިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަން - ނަޝްވާ

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަންގެ މަޤާމުގައި ހުންނެވި ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ބުނީ، އެކުންފުނީގެ ޗެއާ ޕަރަސންގެ މަޤާމުގެ އިތުރުން އެކުންފުނީގެ ބޯޑު މެމްބަރު ކަމުގެ މަޤާމުންވެސް ނަޝްވާ ވަކިކޮށްފައިވާ ކަމަށެވެ.

ނަޝްވާ މަޤާމުން ވަކިކުރި ސަބަބެއް ޕީބީސީންވެސް އަދި ސަރުކާރުގެ އެހެން އިދާރާއަކުންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަޝްވާ އެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، 8 ޖެނުއަރީ 2024 ގައެވެ.

ނަޝްވާއަކީ، ޕަބްލިކް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް