Post banner
ރާއްޖެ •

ބޯލިން އެރީނާއަޅަން ހުޅުމާލެ ފޭސް 1ގެ ރުއްގަނޑު 2ގެ ދެކުނަށް އޮތް މަގު ބަންދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޯލިން އެރީނާއަޅަން ހުޅުމާލެ ފޭސް 1ގެ ރުއްގަނޑު 2ގެ ދެކުނަށް އޮތް މަގު ބަންދުކޮށްފި

ރުއްގަނޑު 2 ގައި ހުރި ރުއްތައް ނަގައި އަލުން އިންދަނީ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަހައްދުގައި ބޯލިން އެރީނާ ތަރައްގީކުރުމަށް ހިންގާ މަޝްރޫޢު ނިމެންދެން، ފަތާޓްރެކާައި ދިމާއިން ރުއްގަނޑު2 ގެ ދެކުނުން އޮތް މަގުގެ ބައެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެބަދަލު ގެނެސްފައިވަނީ އެތަނުގެ މަސައްކަތް ނިންމެންދެން ކަމަށެވެ. އެއީ މަޝްރޫރު ރާކަނި ކެފޭ ހުންނަ ސަރަހައްދެވެ.

ބަންދުކޮށްފައިވަނީ، ނިރޮޅުމަގު 15 ނަމްބަރު ގޯޅި، އުނިގަސްމަގާއި ގުޅުނު ހިސާބުން އިރަށް އަދި، ނިރޮޅުމަގު 15 ނަމްބަރު ގޯޅި، ކާނި މަގާއި ގުޅުނު ހިސާބުންފެށިގެން ދެކުނަށް، ސީޒަން ބީޗް ހޮޓަލާއި ހަމައަށެވެ.

ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައި ވަނީ، ނިރޮޅުމަގު 16 ނަމްބަރު ގޯޅި އާއި ކާނި މަގަށެވެ. މިގޮތުން، ނިރޮޅުމަގު 16 ނަމްބަރު ގޯޅި، އުނިގަސްމަގާއި ގުޅޭ ހިސާބުން އިރަށް ދުއްވޭ ގޮތަށް، އަދި، ކާނިމަގު، ނިރޮޅުމަގު 16 ނަމްބަރު ގޯޅިއާ ހަމައަށް ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަހައްދުގައި ބޯލިން އެރީނާ ތަރައްގީކުރުމަށް ހިންގާ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް އެސަރައްދު ބަންދުކޮށް، އެސަރަހައްދުގައި ހުރި ރުއްތައް ނަގައި، ރުއްގަނޑުގެ އިރުމަތީ ފަރާތަށް އިއްޔެ ވަނީ ބަދަލުކޮށްފައެވެ.

ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަހައްދުގައި ބޯލިން އެރީނާ ތަރައްގީކުރުމަށް ހިންގާ މަޝްރޫޢު ހަވާލުކޮށްފައިވާ ފަރާތަކާއި އެމަޝްރޫޢަށް ހިންގާނެ ޚަރަދެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް