ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޑިސެމްބަރު 4ގައި ބޮޑު އެއްވުމެއް ބާއްވަނީ
ލިޔުންތެރިޔާ
ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމުގެ ތެރެއިން --- ފޮޓޯ: ޙުސައިން ޝާފިޢު )ތުއްތު(
ބިދޭސީންނަށް ރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅެވޭ ގޮތަށް ހިންގަން އުޅޭ، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
މިއެއްވުން ބާއްވަނީ، "ދިވެހިންގެ ބިން ދިވެހިންނަށް މިނަމުގައި ހިންގަމުން އަންނަ ޤައުމީ ހަރަކާތުންނެވެ. އެ ހަރަކާތުން އިންތިޒާމްކޮށްގެން ހުކުރުދުވަހުގެ ރޭގައިވެސް ވަނީ އާޓިފިޝަލް ބީޗުގައި ޝުއޫރުފާޅުކުރުމުގެ އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައިވެސް ސިޔާސީ ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ހޯމް މިނިސްޓަރ އަދި ޤައުމީ ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވާ، އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމުގެ އިތުރުން މިއަންނަ ހުކުރު ދުވަހުގެރޭވެސް ރަތްރޮނގުގެ ނަމުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ، ހުޅުމާލެ ފޭސް 2 ގައެވެ.
އިމްރާން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމަށް ލިބުނު ތަރުޙީބު ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް