ބޯކޮށް ވާރޭވެހި ހިންނަވަރުގައި ފެންބޮޑުވެއްޖެ
ލިޔުންތެރިޔާ
ހިންނަވަރުގަިއ ފެންބޮޑުވުމާއި ގުޅިގެން ފެންވަންނަނަ ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: އެންޑީއެމްއޭ
ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ހިންނަވަރުގައި ފެންބޮޑުވެ ގޭގެއަށް ފެންވަންނަމުންދާ ކަމަށް ކައުންސިލުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލާއި ފުލުހުން ގުޅިގެން، ފެންވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމުގައި އެންޑިއެމްއޭއިން ވިދާޅުވިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، އެރަށުގެ އާރްޑީސީގައި ބޭނުން ކުރާ ފެންހިންދާ ޕަމްޕްތައް ހަލާކުވެފައިވުމާއި އެކު، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮތީ، ޔެލޯ އެލާޓްވެސް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް