ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި
ލިޔުންތެރިޔާ
ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި --- ފޮޓޯ: އެންޑީއެމްއޭ
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މޫސުމް އިތުރަށ ްގޯސްވާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓްނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ، ށ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ސަރަހައްދުގައިވާ ރަށްތަކަށެވެ. ޔެލޯ އެލާޓް ނެރެފައިވަނީ މިއަދުގެ 14:00 އިން ފެށިގެން 18:00 އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިވިއްސާރައިގައި ވިދައި ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.
މިވިއްސާރައިގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް