ޚިދުމަތުގައި ތިބި ފުލުހުންނާއި އެއްގޮތަށް ރިޓަޔާކުރާ ފުލުހުންނަށްވެސް ހެލްތު އިންޝުއަރެންސް ދެނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު --- ފޮޓޯ: ޕޮލިސް
ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މިހެން ވިދާޅުވީ، ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުމުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ، އިތުރަށް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރާ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތައް، އެބޭފުޅުން އެހެން ވަޒީފާތަކަށް ދިއުމުން ކަނޑާލުމުގެ ޝަކުވާއަކީވެސް ފުލުހުންނާއި ސިފައިންގެ ތެރެއިން ރިޓަޔާކޮށްފައިވާ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ.،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް