މަސް ހިފަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ޒުވާނަކު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ލ. ހިތަދޫ --
ލ. ހިތަދޫގައި މަސްހިފަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއަދު ހިނގި އެހާދިސާގައި ލ.ހިތަދޫ / އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ.
ފުލުުހުންގެ އިދާރާއިން ވިދާޅުވީ، ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2026 އޭޕްރީލް 21 ވަނަ ދުވަހުގެ 15:42 އެހައިކަންހާއިރު ކަމަށެވެ.'
މިހާދިސާ ހިނގާފައި ވަނީ ހަމްޒާން މަސްހިފަން ބޭނުންކުރި ދަނގަޑު ފަރުގެ ގާތަކުގައި ތާށިވެ، އެދަނގަޑުގެ ވާގަނޑު އޭނާގެ އަތާއިއެކު އޮޅިފައިވުމުން ނޭވާ ހާސްވިއިރުވެސް ފެންމައްޗަށް ނޭރިގެން ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިމައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް