ސ. ފޭދޫ ބޭރުގައި އޮތް ދޯންޏެއްގައި ރޯވެ އަނދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އައްޑޫ ފޭދޫ ކައިރީގައި ދޯންޏެއް އަނދަމުންދަނީ --- ފޮޓޯ: އެމްއެންޑީއެފް
އައްޑޫ ސިޓީ ފޭދޫ ބޭރުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަނދަންފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ، އެސަރައްދުގައި އޮތް ޑައިވިންގ ދޯންޏެއްގައި ކަމަށެވެ. މިހާދިސާގައި ރޯވި ދޯންޏާއި ގުޅޭ މައުލޫމާތެއް ނުލިބެއެވެ.
އެދޯނީގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާއިރު، އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި ސައުތު އޭރިއާ ކޮމާންޑްގެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައްޑޫ ސިޓީގައި މި ދުވަސްވަރު ވަރަށް ގިނަ އަދަދެއްގެ ސަފާރީތައް އަންނަމުންދާކަން އައްޑޫ ސިޓީ ކައުންސިލުންވެސް ފާހަގަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް