ރާއްޖެ

ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ބޮޑުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ބޮޑުވެއްޖެ

ސަރުކާރުގެ މައި އޮފީސް އިމާރާތް، ވެލާނާގެ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ސަރުކާރު މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ، ރިޓަޔަރމެންޓް ޕެންޝަންސް ސްކީމަށް ޖަމާނުކުރާ މައްސަލައިގައި މުވައްޒަފުން ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ޙިއްޞާވާ ބައެއް ކުންފުނިތަކާއި، ސިވިލް ސަރވިސްގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ވަނީ އެކަމުގެ ކަންބޮޑުވުންތައް "ރައްޔިތުންގެ ނޫހަށް" ޙިއްޞާކޮށްފައެވެ. މައުލޫމާތު ޙިއްޞާކުރި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފަކު ބުނީ، އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުުން މިދިޔަ އަހަރުން ފެށިގެން ޕެންޝަނަށް ފައިސާ ނުދައްކާމަކަށެވެ. އެހެން ނަމަވެސް ކޮންމެ މަހަކުވެސް މުވައްޒަފުގެ މުސާރައިން ޕެންޝަނަށް ޖަމާކުރަން ޖެހޭ ފައިސާ ކަނޑަމުން ގެންދާ ކަމަށާއި، އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާކޮށްފައިވާ ކަން އެކައުންޓް ސްޓޭޓްމަންޓްތަކުން ނުފެންނަ ކަމަށެވެ.

ބައެއް މުވައްޒަފުން ބުނީ، އެފަރާތްތަކުން ވަކިވަކިން ޕެންޝަން އޮފީހަށްވެސް ގުޅައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި، ޕެންޝަން އޮފީހުން ބުނެފައި ވަނީ، މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައި ނުވާ ކަމަށް ކަމުގައެވެ.

މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ފައިސާ ކަނޑާފައި އެފައިސާ ޕެންޝަން ފަންޑަށް ޖަމާ ނުކުރާއިރު އެފައިސާއަށް ހަދާގޮތަކާއި ގުޅޭގޮތުންވެސް މުވައްޒަފުން ވަނީ ސުވާލުކޮށްފައެވެ.

ސިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ އޮފީސްތަކުންނާއި މަރުކަޒުތަކުން ޤަވާއިދުން މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާކުރަމުން ނުގެންދެއެވެ.

ރިޓަޔަމެންޓް ޕެންޝަންސް ސްކީމުގައި މުވައްޒަފުން ބައިވެރި ކުރުމާއި، މުވައްޒަފުންގެ އަސާސީ މުސާރައިން %7 އަދި ވަޒީފާ ދިން ފަރާތުން %7 ޕެންޝަން ފަންޑަށް ޖަމާކުރުމަކީ، ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލާޒިމްކޮށްފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް