ރޭގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން 28 މީހުން ހޮސްޕިޓަލަށް ގެންދިޔަ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގ.ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާ --- ފޮޓޯ: އެން.ޑީ.އެމް.އޭ
ގ.ފުންފަޅުގެ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެ އޮތޯރޮޓީން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައި.ޖީ.އެމް.އެޗް އިން 25 މީހަކަށް އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާދީފައި ވާކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެން.ޑީ.އެމް.އޭ ގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައި ވާކަމަށެވެ. މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައިވެސް އެން.ޑީ.އެމް.އޭއިން ވިދާޅުވިއެވެ.
އިވޭކުއޭޝަން ސެންޓަރުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ކުޑަ 4 ކުދިންނެވެ.



ގ.ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 22:49 ހާއިރުގައިކަމަށް އެމްއެންޑީއެފުން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް