ރާއްޖެ

ޝިޢީ މަޒުހަބުގެ މީހުން މާލޭގައި ބިނާކޮށްފައި ހުރި މިސްކިތް ތަޅާލަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޝިޢީ މަޒުހަބުގެ މީހުން މާލޭގައި ބިނާކޮށްފައި ހުރި މިސްކިތް ތަޅާލަނީ

ދިވެހިންގެ މެދުގައި ބަންޑާރަ މިސްކިތުގެ ނަމުން މަޝްހޫރުވެފައިވާ މިސްކިތް، މަސްޖިދުލްސުލްޠާން މުޙައްމަދު ޝަމްސުއްދީން --- ފޮޓޯ: ފޭސްބުކް

ރާއްޖޭގައި އުޅުނު ޝިޢީ މަޒުހަބުގެ ވޯރާވިޔަފާރި ވެރިން، މީގެ 100 އަހަރުކުރިން މާލޭގައި ބިނާކޮށްފައި ހުރި މިސްކިތް، ތަޅާލައި އެބިމުގައި ޒަމާނީ އައު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދައިގެ ފަހުން ފަށާނެ ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢިއުލާނު ކުރައްވައިފިއެވެ.

އެމިސްކިތަކީ، މީލާދީން 1927 ވަނަ އަހަރު އަދި ހިޖުރައި 1346 ވަނަ އަހަރު ބިނާކޮށްފައިވާ މިސްކިތެކެވެ. ޝިއީންގެ މިސްކިތްތަކުގެ ފަރުމާ އާއި ފާރިސީ ފާޑުވެރިކަން ފެންނަ އެމިސްކިތް ތަޅައިލާ އައު މިސްކިތެއް ޢިމާރަތް ކުރަނީ، ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ކަމުގައި މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެމިސްކިތުގެ ޖާގައިގެ ދަތިކަން އޮތްކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް، އެމިސްކިތަށް އާއްމުކޮށް ނަމާދަށް ގޮސް އުޅޭ މީހުން ބުނެފައި ވަނީ، އެމިސްކިތުގެ ގޯތިތެރެ ފުރިގެން ނަމާދުކުރަން ޖެހެނީ ހަމައެކަނި ރޯދަމަހު ކަމަށެވެ. ޚާއްޞަކޮށް އެމިސްކިތަށް އަރާ މީހުންގެ އަދަދު އިތުރުވަނީ، އެމިސްކިތުގައި ރޯދަމަހު ކުރުކޮށް ތަރާވީޙް ނަމާދު ކުރާތީ ކަމުގައިވެސް އޭނާ ބުންޏެވެ.

މާލޭ ބާޒާރުމަތީގައި އަދި ތީމުގޭ ކޮށީގައި ހުރި އެ މިސްކިތަކީ، 100 އަހަރުވެފައިވާ އަދި ދިވެހި ތާރީޚުގެ މުހިއްމު މިސްކިތަކަށްވާތީ އެމިސްކިތް ތަޅައިނުލުމަށް ތާރީޚަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް