Post banner
ރާއްޖެ •

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރު ބަޔަކަށް ނުދޭނެ ކަމުގައި ސަރުކާރުން ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރު ބަޔަކަށް ނުދޭނެ ކަމުގައި ސަރުކާރުން ބުނެފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ---

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެ ކަމުގައި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ނެރުނު ނޫސްބަޔާން އޮތީ، ސީދާ ވަކިކަމަކަށް އަލި އަޅުވާލުމުގެ ބަދަލުގައި ހާސަރެއްގެ ގޮތުގައެވެ. އެބަޔާނުގައި ވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމަށާއި، އަދި، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހިސަރުކާރުން އިލްތިމާސްކުރާ ކަމަށެވެ.

ސަރުކާރުން މިބަޔާން ނެރެފައި މިވަނީ، ރަސްމާލޭގެ ބިން އީގަލްހިލްސްއަށް ދޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އަދި މެދު އިރުމަތީގެ ހަނގުރާމަ އާއި ހަމަނުޖެހުންތަކާއި ގުޅިގެން، ރާއްޖެއަށްވެސް ނުރައްކާ އޮތް ކަމަށާއި، ރާއްޖޭގެ ކަނޑުތަކަށް ބާޣީން ވަދެދާނެ ކަމަށް ބުނެ ރައީސް ނަޝީދު ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ،

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ހުޅަނގުގެ ޤައުމުތަކުން ބާރުގެ ބޭނުންކޮށްގެން ހޮރުމުޒް ކަނޑުއޮޅި އާއި ބާބުލް މަންދަބު ހުޅުވުމުން، ދެން ހަނގުރާމަވެރި ހުވަދޫ ކަނޑާއި، ކާށިދޫ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެދާނޭ ކަމަށް އެމަނިކުފާނު ބިރުފުޅުގެންވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ. އަދި އެއީ މި ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމެއް ކަމަށާއި، މިހެންވުމާއެކު، މިކަން މިގޮތަށް ނުކުރުމަކީ ދިވެހިސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށެވެ.

ސަރުކާރުން ނެރެފައިވާ މިބަޔާނުން މޭރުން ކުރެވެނީ، މި ބަޔާނަކީ، ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅާއި ގުޅިގެން ނެރުއްވާފައިވާ ބަޔާނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް