Post banner
ރާއްޖެ •

ތިން މީހުން އަރައިގެން ދުއްވަނިކޮށް އެކްސިޑެންޓްވި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތިން މީހުން އަރައިގެން ދުއްވަނިކޮށް އެކްސިޑެންޓްވި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި

މިމަހުގެ 7 ވަނަ ދުވަހު، ތިން މީހުން އަރައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލަކާއި އެކްސިޑެންޓްވި ހާދިސާގައި، ތިން މީހުން ތިބި ސައިލު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތިން މީހުން އަރައި ތިބި ސައިކަލު ދުއްވާފައިވަނީ، ލ.މާމެންދޫ / އިރުމަތީގެ، މުޙައްމަދު ސައިފް (27އ) ކަމަށެވެ. އޭނާ ފަރުވާއަށް ފަހު، ހޯމަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި އޭނާގެ ބަންދަށް، ކޯޓުން 7 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓް ހިނގި ހާދިސާގައި، ސައިފް ދުއްވި ސައިކަލުގެ ފަހަތުގައި އަންހެނަކާއި ފިރިހެނަކު ތިއްބެވެ. އަދި އެތިން މީހުން ތިބި ސައިކަލު، ވަންވޭފަޅާފައި ނުކުތުމުން ނިރޮޅުމަގުން ދަތުރުކުރި ސައިކަލެއްގައި ޖެހި، އެ ސައިކަލުގައި ތިބި 2 މީހުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް