ލޯންޗެއް ބަނޑުން ޖަހާލައި ދެމީހުން ގެއްލިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މެރިން ޕޮލިސްގެ ލޯންޗެއް —
ވ ފެލިދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި ދެމީހަކު ގެއްލިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ 01:15 އެހައިކަންހާއިރު ކަމުގައި ފުލުހުންގެ އިދާރާއިން ޥިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި 5 މީހުން ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ައަދި މިހާދިސާގައި އަނިޔާވި 3 މީހަކަށް ވ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ބަންޑުން ޖަހާލި ލޯންޗަކީ، ކޮންތަނަކުން ކޮންތަނަކށް ދަތުރުކުރި ލޯންޗެއް ކަމެއް މިހާތަނަށް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް