އިންނަމާދޫ ކައުންސިލްގެ މަދަޙަ މުބާރާތާއި، ދީނީ ޕްރޮގްރާމްތަކުގެ ނަތީޖާ ފާޅުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންނަމާދޫ ކައުންސިލްގެ 4 ވަނަ މަދަޙަ މުބާރާތާއި 2 ވަނަ ދީނީ ޕްރޮގްރާމްތަކުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ރަމަޞާން މަހު ކުރިޔަށް ގެންދެވުނު ދީނީ ސުވާލު މުބާރާތާއި އެކު ޖުމްލަ 150 އަށް ވުރެއް ގިނަ ބައިވެރިން ހިމެނިގެން ކުރިޔަށް ދިޔަ ޕްރޮގްރާމްތަކަށް ބައިވެރިންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ކަމަށް އިންނަމާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.
މަދަޙަ މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ ހޯދީ ޢާއިޝަތު ޝާރާ ޝިފާޢުއެވެ. 2 ވަނަ އާރާ ބިންތު ޝަރީފް ހޯދިއިރު 3 ވަނަ ހޯދީ ޢާއިޝަތު ނިހާމާއެވެ.
މަދަޙަ މުބާރާތުގައި 35 އަހަރުން މަތިން 1 ވަނަ ޢާއިޝަތު ނިހާމާ، 2 ވަނަ ފާތިމަތު ނާޒްނީ ހޯދި އިރު 3 ވަނަ ހޯދީ ޢާއިޝަތު ސަމާއެވެ. 35 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރު ފުރާއިން 1 ވަނަ މަރްޔަމް މިންހާ، 2 ވަނަ އާމިނަތު ނުހާ ހޯދި އިރު 3 ވަނަ ހޯދީ ޙުސައިން ސުހާދުއެވެ.
18 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރު ފުރާއިން 1 ވަނަ ފާތިމަތު ޝާރާ ޝިފާޢު އަދި 2 ވަނަ މުޙައްމަދު ދާޢިން އާދަމް ސަޢީދު ހޯދިއިރު 3 ވަނަ ހޯދީ ފާތިމަތު ޒާރާ ޢަބްދުއްޞަމަދުއެވެ.






15 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ ޖަންނަތު ޔޫސުފް، 2 ވަނަ ޢާއިޝަތު އަޢިނީ އަސްލަމް އަދި 3 ވަނަ ހޯދީ މަރްޔަމް މާނީ މިރުޝާދުއެވެ.
12 އަހަރާއި 09 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ އާރާ ބިންތު ޝަރީފް، 2 ވަނަ މަރްޔަމް ޢީން ބިންތު ހުސަޢިން ރައޫފް އަދި 3 ވަނަ ހޯދީ ޝައިން ޝަރަފުﷲ ޔޫސުފްއެވެ.
09 އަހަރާއި 06 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ އަލްޔަން ބިން އަޙްމަދު އިނާޙް،2 ވަނަ ނާޢިމް ބިން އިބްރާހިމް ނުހާން އަދި 3 ވަނަ ހޯދީ އައިކާ މިރުޝާދުއެވެ.
06 އަހަރާއި 04 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ މިސްކު މުޙައްމަދު ޙަމީދު، 2 ވަނަ އަޔާލް ޙުސައިން ސުޙާން އަދި 3 ވަނަ ހޯދީ ޒިވިޔާ މުޙައްމަދު ސަމާޙްއެވެ.
މަދަހަ މުބާރާތުގައި 12 ގުރޫޕް މަދަޙަ ފެނިގެން ދިޔައިރު 18 އަހަރުން މަތިން 1 ވަނަ ތަސްނީމް، 2 ވަނަ ޤަމަރު ހޯދިިއިރު 3 ވަނަ ހޯދީ ބަރަކާ ގުރޫޕެވެ.
18 އަހަރުން ދަށުގެ 1 ވަނަ ގުރޫޕް މަދަޙައަކަށް ޒިކުރު، 2 ވަނަ މަލަކް އަދި 3 ވަނަ ހޯދީ ހޫރު ގުރޫޕެވެ.
ޚުތުބާ ކިޔުމުގެ ބައިގައި 5 އުމުރުފުރާއަކުން 16 ބައިވެރިންގެ ހުށައެޅުން ފެނިގެން ދިޔައިރު 18 އަހަރުން މަތީގެ ބައިން 1 ވަނަ ހޯދީ ޙަސަން ސާޠިޢު އެވެ.
15 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ ޙުސައިން ޔަޒާން އަޙްމަދު، 2 ވަނަ މުޙައްމަދު ދާއިން އާދަމް ސަޢީދު އަދި 3 ވަނަ ހޯދީ މުޙައްމަދު އަބާން އަޙްމަދުއެވެ.
12 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިން 1 ވަނަ ނަފާޙް ބިން ޢަލީ ސިޔާން، 2 ވަނަ ﷲޢަބްދު ޢާއިން އަދި 3 ވަނަ ހޯދީ ލައިސާން މުޙައްމަދު ރަމީޒްއެވެ.
09 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާއިން 3 ވަނަ ހޯދީ ޝައިން ﷲޝަރަފު ޔޫސުފްއެވެ.
06 އަހަރާއި 09 އަހަރާއު ދެމެދުގެ އުމުރުފުރާއިން 2 ވަނަ އަލްޔަން ބިން އަޙްމަދު އިނާހް، 3 ވަނަ ހޯދީ ނާޢިމް ބިން އިބްރާހިމް ނުހާން އެވެ.
ޚުތުބާ ކިޔުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ ޙުސައިން ޔަޒާން އަޙްމަދު، 2 ވަނަ ޙަސަން ސާޠިޢު އަދި 3 ވަނަ ހޯދީ މުޙައްމަދު ދާޢިން އާދަމް ސަޢީދުއެވެ.
މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާފައިވަނީ މާކްސް ލިބޭ މިންވަރަކުން ވަނަތައް ލިބޭގޮތަށް ކަމަށް ވުމުން،ބައެއް އުމުރުފުރާތަކުން ބައެއް ވަނަތައް ނުހޮވޭކަމުގައި ކައުންސިލުން މަޢުލޫމާތުދެއެވެ.
ބަންގި ގޮވުމުގެ ބައިގައި 20 ބައިވެރިއަކު ފެނިގެންދިޔައިރު 18 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ ޙުސައިން ޔަޒާން އަޙްމަދު އަދި 2 ވަނަ ހޯދީ މުޙައްމަދު ދާޢިން އާދަމް ސަޢީދުއެވެ.
15 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ ނަފާޙް ބިން ޢަލީ ސިޔާން އަދި 3 ވަނަ ހޯދީ އަޙްމަދު ޔޫޢާން ޙަމީދުއެވެ.
12 އަހަރާއި 09 އަހަރާއި ދެމެދުގެ އުމުރުފުރާއިން 2 ވަނަ އަނީސް ބިން ޙުސައިން ޢަރީފް ހޯދި އިރު 3 ވަނަ ހޯދީ ޝައިން ﷲޝަރަފު ޔޫސުފްއެވެ.
09 އަހަރާއި 06 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ އަލްޔަން ބިން އަޙްމަދު އިނާޙް 2 ވަނަ ނާޢިމް ބިން އިބްރާހިމް ނުހާން އަދި 3 ވަނަ ހޯދީ ޔާލް އިބްރާހިމް ހާޝިމްއެވެ.
06 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ އަލޫކް އިބްރާހިމް ޝާހް ހޯދި އިރު 2 ވަނަ ހޯދީ ލޫކް ބިން ﷲޢަބްދު ނަސީމްއެވެ.
ބަންގި ގޮވުމުގެ މުޅިމުބާރާތުން 1 ވަނަ ޙުސައިން ޔަޒާން އަޙްމަދު ހޯދިއިރު 2 ވަނަ ހޯދީ މުޙައްމަދު ދާޢިން އާދަމް ސަޢީދުއެވެ. އަދި 3 ވަނަ ހޯދީ އަލްޔަން ބިން އަހްމަދު އިނާޙްއެވެ.
ލެންޓާން އަދި އިންނަމާދޫ ކައުންސިލް ގުޅިގެން ނިމުނު ރަމަޞާންމަހު ކުރިޔަށް ގެންދިޔަ ދީނީ ސުވާލު މުބާރާތުގައި 37 ބައިވެރިން ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ފޮނުވާފައިވާއިރު، ދީނީ ސުވާލު މުބާރާތުން 1 ވަނަ ލިބުނީ ޒޯއީ އަޙްމަދު ރުޒާންއަށެވެ.2 ވަނަ އަނާޔާ އަފްޒަލް އަށް ލިބުނު އިރު 3 ވަނަ ހޯދީ ނައުރާ ބިންތު ޢަލީ ނިޔާޒްއެވެ. ސެޕްޓެމްބަރ 3 ވަނަ ދުވަހު ފެށި މިމުބާރާތް އަދި ދީނީ ޕްރޮގްރާމްތަކުގެ ނަތީޖާފާޅުކުރީ 11 ސެޕްޓެމްބަރު ވީ ހުކުރުދުވަހުގެރޭ އިންނަމާދޫ ސްކޫލް ހޯލްގައި ބޭއްވި ޖަލްސާގައެވެ. އަހަރަކަށް ވުރެއް އަހަރެއް މުބާރާތްތަކަށް ލިބެމުންދާ ތަރުޙީބު އިތުރުވަމުން އަންނަކަމަށާއި ކުރިޔަށް ހުރި މުބާރާތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިންނަމާދޫ ކައުންސިލުން ހާމަކުރިއެވެ.
މުބާރާތުގެ ބައިވެރިންގެ ހުށައެޅުން އިންނަމާދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލްއިން ފެންނާނެކަމަށް ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް