Post banner
ރާއްޖެ

ދޯންޏަކުން އެންހިފަން ފޭބި މީހަކު ނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދޯންޏަކުން އެންހިފަން ފޭބި މީހަކު ނިޔާވެއްޖެ

ގދ. ގައްދޫ ސިއްޙީމަރުކަޒު --

ހުވަދު އަތޮޅު އެތެރެވަރީގައި، ދޯންޏަކުން އެންހިފަ ފޭބި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ރޭ ފަތިހު ހިނގި އެހާދިސާގައި ނިޔާވެފައި ވަނީ، ގދ.ގައްދޫ / އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ.

ނިޔާވި މީހާއަކީ، ގދ ގައްދޫ "ފިޝްމޭން" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެކެވެ. ނިޔާވި މީހާއަކީ، ވައިފުޅިއަޅައިގެން އެންދަމަށް ޑައިވްކުރި މީހެއްކަން އެނގިފައިވެއެވެ.

އޭނާ ނިޔާވެފައި އޮއްވައި ފެނުނީ، އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މޫދުއަޑިންނެވެ. ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ޞިއްޙީ މަރުކަޒާއި ހަވާލާދީ ފުލުހުން ހާމަކޮށްފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުގެ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް