Post banner
ރާއްޖެ •

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅަށް އެއްވުމެއް ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅަށް އެއްވުމެއް ބާއްވައިފި

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅަށް ބޭއްވި އެއްވުމުގެ ތެރެއިން -- ފޮޓޯ: ހުސައިން ޝާފިއު )ތުއްތު(

ޔަހޫދީންނާއި ގާތްގުޅުމެއް ބާއްވާ، ޔޫއޭއީގެ ވިޔަފާރިވެރިޔާ އަލްއައްބާރުގެ ކުންފުނި އީގަލްހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިންދީގެން ހިންގަން އުޅޭ މަޝްރޫޢާ ދެކޮޅު ހަދައި މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

މިއެއްވުން ބާއްވާފައި ވަނީ، މިރޭގެ 9:00 އިން ފެށިގެން، އާޓިފިޝަލް ބީޗުގައެވެ. މިއެއްވުން އިންތިޒާމްކޮށްފައި ވަނީ، "ދިވެހީންގެ ބިން ދިވެހީންނަށް" ޤައުމީ ހަރަކާތުންނެވެ. އެއްވުން ބޭއްވި އިރު މާލެ ސަރަހައްދަށް މޫސުމް އޮތީ ގޯސްކޮށެވެ.

މިއެއްވުމުގައި، ގައުމީ ހަރަކާތުަގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި، ރައްޔިތުންމެ މަޖިލީހުގެ ކެންދޫދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިނާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވާހަކަފުޅުދެއްކެވިއެވެ.

މިރޭގެ އެއްވުމުގައި، ކުރީގެ ނައިބުރައީސް ފައިސަލް ނަސީމާއި، ކުރީގެ ހެލްތު މިނިސްޓަރ އަޙްމަދު ޢަބްދުﷲ އާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުންގެތެރެއިންވެސް ގިނަ ބަޔަކު ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް