Post banner
ރާއްޖެ •

ވަޅި ހިފައިގެން މަގުމައްޗަށް ނުކުމެ ބެނާތައް ކެނޑި މައްސަލައިގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޅި ހިފައިގެން މަގުމައްޗަށް ނުކުމެ ބެނާތައް ކެނޑި މައްސަލައިގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅަށް މިރޭ ބާއްވަން ހަމަޖައްސާފައިވާ އެއްވުން ޕްރޮމޯޓް ކުރުމަށް ދަމާފައިވާ ބެނާތައް ކަނޑަމުން ދަނިކޮށް ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެދެމީހުން އަދިވެސް ތިބީ، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ނުދެއެވެ. ފުލުހުން ބުނެފައި ވަނީ، އެކަމާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅަށް، ބާއްވާ އެއްވުން މިރޭ، 20:30ގައި އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ. މިއެއްވުން ޕްރޮމޯޓް ކުރުމަށް ދެމި ބެނާތައް ކަނޑާފައި ވަނީ، ސަރުކާރުން އެކަމަށް ފަންޑުކޮށްގެން ކަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް