Post banner
ރާއްޖެ •

ޤާނޫނީ އިމުގެ ތެރެއިން އެއްވުން ބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤާނޫނީ އިމުގެ ތެރެއިން އެއްވުން ބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި

ދިވެހިންގެ ބިން ދިވެހިންނަށް ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން --- ފޮޓޯ: އަދަދު

އީގަލް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދިނުމާއި ދެކޮޅު ހެދުމުގެ ގޮތުން މިރޭ ބާއްވާ އެއްވުން ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާތަނަށް މައުލޫމާތު ހިއްސާ ކޮށްފައި ނުވާކަމަށެވެ.

ވުމާއެކު، ކުރިން އެންގުމަކާ ނުލާ އެއްވުމަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެ އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް އަންގާ ކަމުގައި ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިފަދަ އެއްވުން ތަކަކީ އެއްވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްވުމާއެކު، އެ އެއްވުން އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ގާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަށްޓަކައި ދަންނަވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ރަސްމާލެ އީގަލް ހިލްސްއަށް ދިނުމާއި ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ މި އެއްވުން އޮންނާނީ، މިރޭގެ 20:30ގައި އާޓިފިޝަލް ބީޗުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް