Post banner
ރާއްޖެ •

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ފުލުހުންގެ އިދާރާ --

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ، ހއ.ދިއްދޫ، ޢާލިޔާ، އާދަމް އިކްރާމް (32އ) ފެނިފައި ވަނީ ހުޅުމާލެއިން ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ. ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ ދަންވަރުންފެށިގެން އޭނާގެ ޚަބަރެއް ނުވާކަމަށް އާއިލާއިން ފުލުހުންނަށް ކުރިން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް