Post banner
ރާއްޖެ •

ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު 3 ބޯޓު އިއްޔެ އަތުލައިގަތް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު 3 ބޯޓު އިއްޔެ އަތުލައިގަތް

އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ 3 މަސްބޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. އަދި އެބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ތިން ބޯޓަކީ، ކޮން ޤައުމެއްގެ ބޯޓުތަކެއް ކަމެއް އެމްއެންޑީއެފުން ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް