މާދޫގެއިން 800 ވުރެ ގިނަ ބަނގުރާފުޅި ފެނުނު
ލިޔުންތެރިޔާ
ބަނގުރަލުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުން --
ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި، 826 ފުޅި ބަނގުރާ އަތުލައިގެންފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާއިން ވަނީ، މާލޭގައި ފުޅާދައިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ މީހުން އަތުލައިގެންފައެވެ. އެމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ބަނގުލަދޭޝްގެ ތިން މީހުންނެވެ، އެއީ، އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން ފަސްދުވަހަށް އަދި އެމް.ޑީ. ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރު ގެއެއް ބަލައިފާސްކުރުމަށްފަހުގައެވެ. ފުލުހުން ބަލައިފާސްކުރީ ހ. މާދޫގެއެވެ. އެގޭގައި ރާ ސްޓޮކް ކޮށްފައި ހުރީ ފިހާރަ ހަދައި ރެކްޖަހައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް