ތިނަދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ދެމީހުންނާއި އެކު މޫދަށް ވެއްޓިއްޖެ
ލިޔުންތެރިޔާ
ސީސީޓީވީ ފުޓޭޖްގެ ސްކްރީން ޝޮޓެއް ---
ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ކޮންޓްރޯލް ނުވެ އެރަށުގެ ބަނދަރު ތެރެއަށް ވެއްޓިއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގައެވެ. ސައިކަލުގައި އެވަގުތު ތިބީ ދެފިރިހެނުންނެވެ. ސައިކަލު މޫދަށް ވެއްޓުނު މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ތިނަދޫއިން މައުލޫމާތު ދިން ފަރާތުން ބުނީ، ސައިކަލު މޫދަށް ވެއްޓުނީ، ފެރީ ޓާރމިނަލުން ފޮއްޓެއް ނަގައިގެން އެމީހުން ގެއަށްދާން އުޅެނިކޮށް ކަަމަށެވެ. މިހާދިސާގައި ސައިކަލުގައި ތިބި ދެމީހުންނަށް ސީރިޔަސް އަނިޔާއެއް ލިބިފައެއް ނުވެެއެވެ. އަދި ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެދެ މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް