Post banner
ރާއްޖެ •

މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑިގެން ޖަލްސާ ބާއްވާ ގަޑި ފަސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑިގެން ޖަލްސާ ބާއްވާ ގަޑި ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމް =-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑުމާއި ގުޅިގެން، މިއަދު ބޭެއްވުމަށް ތާވަލުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފިއެވެ.

އާއްމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ހެނދުނު 9:00ގައެވެ. އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑުމާއި ގުޅިގެން މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާނީ ހެނދުނު 11:00ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ ބުނެފައެވެ.

މިއަދުގެ ޖަލްސާއަކީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާއެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެންމެ މުހިއްމު ބިލަކީ، ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެވެ.

ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހެވެ.

މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑުމާއި ގުޅިގެން، މަޖިލީހުގެ ޖަލްސާ ފަސްކުރުމުގެ އިތުރުން، މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވާ ކޮމިޓީ ބައްދަލުވުންތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް