ވަށަފަރު އ.ތ.މ ކޮމިޓީގެ ރައީސާ އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޝާއިޤާ އަޙްމަދު ޝަފީޤު --
ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޝާއިޤާ އަހުމަދު ޝަފީޤު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަޤާމުން އިސްތިއުފާ ދެއްވިކަން " ރައްޔިތުންގެ ނޫހަށް" ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މަޤާމާއި ހަވާލުވިތާ 3 މަސްފަހުން މަޤާމުން އިސްތިއުފާ ދެއްވި ސަބަބަކާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވީ ޒާތީ އަމިއްލަ ސަބަބަކާއި ގުޅިގެން ކަމަށެވެ. އެއީ ވަށަފަރު ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރާތީ ކަމުގައިވެސް ވިދާޅުވިއެވެ.
ޝާއިޤާއަށް ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މަޤާމު ލިބުނީ، އޭނާ ފިޔަވައި އެހެން މީހަކު އެމަޤާމަށް ކުރިމަތިލާފައި ނުވާތީ، އިންތިޚާބަކާއި ނުލައެވެ.
އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި ރައީސުން ހޮވުމުގެ އިންތިޚާބުތައް ދައުރުތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަރަށް ގިނައިން ބާއްވަން ޖެހޭކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާފައިެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް