ޑީއެންއޭ ލެބޯޓްރީގެ ހިދުމަތް ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑީއެންއޭ ލެބޯރެޓަރީ --
ތެލަސީމިއާ ބަލި ދެނެގަތުމަށް ހަދާ ޑީއެންއޭ ޓެސްޓްތައް ހެދުމަށްޓަކައި، މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ޤާއިމްކުރި ޑީއެންއޭ ލެބޯރެޓަރީ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ލެބޯރެޓަރީ ހުޅުައްވައި ދެއްވީ އެކަމަށްޓަކައި، މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމެވެ.
މިއަދު ފެށުނު މިޚިދުމަތާއި ގުޅޭ ގޮތުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މިއީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް DNA ޓެސްޓިންގ ޚިދުމަތް ފެށުނު ފަހަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދު ފެށުނު މިޚިދުމަތާއި އެކު، އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިއްމު ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މިއީ ތެލަސީމިއާ ވާރުތަކުރާ ގޮތް ހުންނަ މީހުން ދެނެގަތުމަށް ހެދޭ ވަރަށް މުހިއްމު ޓެސްޓެކެވެ.
މިހާތަނަށް މިޚިދުމަތް ދެމުން އައީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން، (ޝީ)އިންނެވެ.
ރާއްޖޭގައި ތެލަސީމިއާ ބައްޔާ ގުޅޭ ކަންކަމަކީ، ޤައުމީ މައްސަލައަކަށް ވެފައިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް