ދުނިޔެ

ސައިޕްރަސްގައި އޮތް އާރްއޭއެފްގެ އެއާބޭސްއަށް ޑްރޯން ހަމަލާދިނީ އީރާނަކުން ނޫން: ޔޫކޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސައިޕްރަސްގައި އޮތް އާރްއޭއެފްގެ އެއާބޭސްއަށް ޑްރޯން ހަމަލާދިނީ އީރާނަކުން ނޫން: ޔޫކޭ

ސައިޕްރައިސްގައި އޮންނަ އާރްއޭއެފްގެ އެއަރބޭސްގައި ޔޫކޭގެ ޑްރޯންތަކެއް --- ފޮޓޯ: އާރްއޭއެފް

ސައިޕްރަސްގައި ހުރި އާރްއޭފްގެ އެއާބޭސްއަށް ދިން ޑްރޯން ހަމަލާއަކީ އީރާނުން ދިން ހަމަލާއެއް ނޫންކަމުގައި އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސި ވިލާތުން ބުނެގައި ވަނީ ސައިޕްރަސްގައި ހުންނަ އިނގިރޭސި އެއާބޭސްއަށް އެރި ޑްރޯން އުދުއްސާލާފައި ވަނީ އީރާނުން ނޫންކަމަށެވެ. އެހެން ނަމަވެސް އެ ޑްރޯން އުދުއްސާލީ ކޮން ޤައުމަކުން ކަމެއް އިނގިރޭސި ވިލާތުން ހާމަކޮށްފައެއް ނުވެއެވެ.

މާރިޗު މަހުގެ 2 ވަނަ ދުވަހު އެ އެއާބޭސްއަށް ހަމަލާދީފައި ވަނީ، އިނގިރޭސީންގެ އެއާބޭސް އީރާނާއި ދެކޮޅަށް ހަމަލާދިނުމަށް ބޭނުން ކުރުމަށް ހުއްދަދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެ ހަމަލާގައި އެ އެއާބޭސްއަށް ގެއްލުންތައް ލިބުނު އިރު، ހަމަލާގެ ސަބަބުން އިނގިރޭސި އަސްކަރިއްޔާއަށް ކުއްލި ޝޮކެއް ލިބުނެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ޑްރޯން ހަމަލާދީފައި ވަނީ އިޒްރާއީލުންނެވެ. އެކަމުގެ ބޭނުމަކީ އީރާނާއި ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ޔޫރަޕްގެ އެހެން ޤައުމުތައްވެސް ވެއްދުން ކަމުގައި ތުހުމަތުކޮށްފައިވެއެވެ. އެހެން ނަމަވެސް އެހެން ބައެއް ފަރާތްތަކުންވެސް ތުހުމަތުކޮށްފައި ވަނީ، އެ ހަމަލާ ދީފައިވަނީ. ލުބުނާނުގެ ތެެރެއިން އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ހަނގުރާމަވެރިން ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް